އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން 2017 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް ބަޖެޓް ހޯދުން

5 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން 2017 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކަށް ބަޖެޓް ހޯދުން

 

މައްސަލަ ހުށަހެޅި ފަރާތް: އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލައަކީ ކައުންސިލްގެ ބަޖެޓްގައި ފައިސާ ކަނޑައެޅި ފާސްކުރެވިފައިވާ މައްސަލައެއް ކަމަށާއި އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުން މި ފައިސާ ހަރުދަނާ ގޮތެއްގައި ވަކި ކަމަކަށް އިންވެސްޓްކޮށްގެން ފައިދާ ނެރުމުގެ ވާހަކަ ޕްރޮގްރާމުގައި ކަނޑައެޅިފައިވާތީ، އުފާކުރާ ކަމަށް ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަޞްރިފް ހާމަކުރެއްވިއެވެ. އެހެން ނަމަވެސް ހުށަހެޅިފައިވާ ޕްރޮގްރާމާއި މެދު އިތުރަށް އައްޑޫސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ ހިންގާ ކޮމިޓީ މެމްބަރުންނާއިއެކު މަޝްވަރާއަކަށް ދިއުމަށްފަހު، މި ޚަރަދަށް ފައިސާދޫކުރުމާއިމެދު ގޮތެއް ނިންމުމަށް ދެން އޮންނަ ކައުންސިލް ބައްދަލުވުމަކަށް ހުށަހެޅުމަށް މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނިންމުނެވެ އަދި މި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/193

ތާރީޚް: 5 ސެޕްޓެމްބަރ 2017