އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ސްކޫލްގެ ދަރިވަރު ޢައިޝަތު ހިމްނާ ޙަސަން މައިލޯ ކަލާރސް އެވޯޑުގެ ޚާއްޞަ އިނާމުގެ ކެޓަގަރީގެ އެއްވަނައަށް ހޮވިފައިވުމާ ގުޅޭ

19 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހިތަދޫ ސްކޫލްގެ ދަރިވަރު ޢައިޝަތު ހިމްނާ ޙަސަން މައިލޯ ކަލާރސް އެވޯޑުގެ ޚާއްޞަ އިނާމުގެ ކެޓަގަރީގެ އެއްވަނައަށް ހޮވިފައިވާތީ މައިލޯ ކަލާރސް އެވޯޑް ދިނުމުގެ ޙަފްލާގައި ބައިވެރިވުމަށް ދަރިވަރު މާލެ ކުރަން ޖެހޭ ދަތުރުގެ ޚަރަދު ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް:

މޭޔަރ ޢަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

ހިތަދޫ ސްކޫލުން ހުށަހަޅަފައިވާ ސިޓީގައި ބަޔާން ކުރެވިފައިވާ އެސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު ޢައިޝަތު ހިމްނާ ޙަސަން އަކީ ކުޅިވަރާއި ގުޅޭ ގިނަ ޙަރަކާތްތަކުގައި ބައިވެރިވެ އައްޑުއަށް ރީތިނަން ހޯދައިދެމުން އަންނަ ހުނަރުވެރި ކުއްޖަކަށްވާތީ، މި ދަރިވަރު ހޯދަމުންގެންދާ ކަމިޔާބީގައި ކައުންސިލުން ބައިވެރިވުމަކީ މުހިއްމު ކަމެއްކަމުގައި ފެންނާތީ،  ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ހިތަދޫ ސްކޫލްގެ ދަރިވަރު އައިޝަތު ހިމްނާ ޙަސަން މައިލޯ ކަލާސް އެވޯޑްގައި ބައިވެރިވުމަށް ކުރަންޖެހޭ ދަތުރު ޚަރަދު، (ގަން/މާލެ 2 ކޮޅު ޓިކެޓް ޚަރަދު) ހަމަޖައްސަވައި ދެއްވުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/205

ތާރީޚް: 19 ސެޕްޓެމްބަރ 2017