އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުގެ ކުޑަކުދިންގެ ޕާރކްގެ ވަށާ ރާނާފައިވާ ފާރު އަލުން ރޭނުމާ ގުޅޭ

19 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ހުޅުދޫ އަވަށުގެ ކުޑަކުދިންގެ ޕާރކްގެ ވަށާ ރާނާފައިވާ ފާރުގެ ބޮޑު ބައެއް ވައްޓާލެވިފައިވާތީ އަލުން ފާރުރޭނުން.

މައްސަލަ ހުށަހެޅި ފަރާތް:

ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީގެ ހުޅުދޫ އަވަށުގެ ކުޑަކުދިންގެ ޕާރކަކީ އަވަށުގެ ބަނދަރު ސަރަޙައްދުގައި ޤާއިމުކުރެވިފައިވާ ޕާރކެއް ކަމުން އަދި މިސަރަޙައްދަކީ ނިސްބަތުން ދުއްވާ ތަކެތި ގިނަ ސަރަހައްދެއް ކަމަށްވެފައި މި ޕާރކްގެ ވަށާ ރާނާފައިވާ ފާރުގެ ބޮޑު ބައެއް ވައްޓާލެވިފައިވުމާއި ގުޅިގެން ޕާރކްގައި ކުޅެން އުޅޭ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޕާރކްގެ ފާރު އަލުން ރޭނުމަކީ މުހިއްމުކަމެއް ކަމުގައި ފެންނާތީ ކައުންސިލް އިދާރާގެ އާމްދަނީ ބަޖެޓްގެ ހުޅުދޫ ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓުން 20000.00ރުފިޔާއަށްވުރެ ޚަރަދު ބޮޑުނުވާގޮތަށް ހުޅުދޫ އަވަށުގެ ކުޑަކުދިންގެ ޕާރކްގެ ފާރު ރޭނުމުގެ މަސައްކަތަށް ޚަރަދު ކުރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/206

ތާރީޚް: 19 ސެޕްޓެމްބަރ 2017