|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ސ. ފޭދޫ ކަންމަތީގޭ ޢައިޝަތު ޝީނާގެ ދަރިފުޅު (މަރްޔަމް ޢަލީޝާ އަޙްމަދު ޖަބްރީނު) ގެ ނަން އޭނާއަށް އެނގުމަކާއި ނުލާ ދަރިފުޅުގެ ބައްޕަ ބަދަލުކޮށްފައިވާ އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑް ކުރިންވެސް އޮތްގޮތަށް ބަދަލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: 2015 ވަނަ އަހަރުން ފެށިގެން ސ. ފޭދޫ ކަންމަތީގޭ ޢައިޝަތު ޝީނާގެ ދަރިފުޅުގެ ނަން ބަދަލުކޮށްފައިވާ މައްސަލައާއި ގުޅިގެން ޝަކުވާ އުފުލަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، މައްސަލައާއި އެކު ހުށަހެޅިފައިވާ ލިޔެ ކިޔުންތަކުން އޭރު ސ. ފޭދޫ ކަންމަތީގޭ ޢައިޝަތު ޝީނާ މިއިދާރާއަށް ހުށަހަޅާފައިވާ ޝަކުވާއާއި ގުޅޭ ލިޔެކިޔުން ފެންނަން ނެތްކަމަށާއި، އަދި އެމައްސަލައާއި ގުޅިގެން މިއިދާރާއިން އެޅިފިޔަވަޅު އެނގެން ނެތުމުން މައްސަލަ ކުރިއަށް ގެންދަންވީގޮތް ނިންމުމަށް ކައުންސިލްއަށް ދަތިވާތީ، ސ. ފޭދޫ ކަންމަތީގޭ ޢައިޝަތު ޝީނާ މިއިދާރާއަށް ފުރަތަމަ މައްސަލަ ހުށަހެޅި ތާރީޚުންފެށިގެން މިއިދާރާއިން އަޅާފައިވާ ފިޔަވަޅުތައް ބަލައި މިކަމުގައި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަޅު ފުރިހަމައަށް އެޅިފައިވޭތޯ ރަނގަޅަށް ބެއްލެވުމަށްފަހު މިމައްސަލަ އިތުރަށް ދިރާސާކޮށް، ޢާއިޝަތު ޝީނާ މިކަމުގައި ކުރިއަށްގެންދަންވީ ގޮތުގެ ލަފައާއި އިރުޝާދު ދީ މިމައްސަލައަށް ޙައްލެއް ހޯދައި ދިނުމުގައި ކައުންސިލްގެ ފުރިހަމަ ބައިވެރިވުމާއި އެހީތެރިކަން ޢާއިޝަތު ޝީނާއަށް ދިނުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ:01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

