| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: ހިތަދޫ އާރި ކިޅިން ފެން ބޭރުކުރަން ހަދާފައިވާ ޗެނަލް ދިމާލުން މަރާމާތަށް ބޭނުންވެފައިވާތީ، މައްސަލަ ޙައްލު ކުރުމާއިއެކު ކިޅި ހިމެނޭ ސަރަޙައްދު ސާފުކޮށް ކިޅި ޙިމާޔަތް ކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: ހިތަދޫ އާރި ކިޅިން ފެންބޭރުކުރުމަށް ހަދާފައިވާ ޗެނަލަށް ވެލި އެޅިފައިވާތީ އެ ވެލި ނަގާ ކިޅީގެ އައްސޭރި ސާފު ކުރުމާއި، ފިލިގަސްމަގާއި އެޅެވެލިމަގާއި ދެމެދު އާރިހިނގުމުން އާރިކިޅި އައްސޭރި ނުފެންނަ ހިސާބު ސާފުކޮށް ކިޅި ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމާއި، ޗެނެލްގެ ބައެއް ދިމަދިމާލުން މަރާމާތަށް ބޭނުން ވެފައި ވާކަމަށް ބެލެވޭތީ ތަނުގައި ކުރަންޖެހިފައިވާ މަރާމާތު ކުރުމަށް ފެންނަކަމަށާއި، މިކަންކަމަށް ހިނގާ ޚަރަދު ހަމަޖެއްސުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ހިތަދޫ ދެކުނުދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 35000.00ރުފިޔާއަށް ވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މިމަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 
  | 
		||||
| 
			 ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ  | 
			
			 ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 05 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 05 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

