| 
			 މައްސަލަ  | 
		||||
| 
			 ހުށަހެޅުނު މައްސަލަ: ހިތަދޫގެ ޒުވާނުންތަކެއް އަމިއްލައަށް އިސްނަގައިގެން ހިތަދޫ މޫލެކެޑެ ސަރަޙައްދުގައި ހުރި ކުނިތައް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ބޭނުންވާތީ، މި އިވެންޓަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް އެހީތެރިކަމަކަށް އެދި ސ. ހިތަދޫ ރަފާހިޔާ މުފްލިޙު މޫސާދީދީ ހުށަހަޅުއްވާފައިވާ މައްސަލަ  | 
		||||
| 
			 މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ އަބްދުﷲ ޞާދިޤް  | 
		||||
| 
			 ނިންމުން  | 
		||||
| 
			 މައްސަލަ ނިމުނުގޮތް: ހިތަދޫ މޫލެކެޑެ ސަރަޙައްދުގައި ހުރި ސާފު ކުރަންޖެހޭ ތަންތަން ސާފުކުރުމަށް ހިތަދޫގެ ޒުވާނުން އިސްނަންގަވައިގެން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމަކީ މުހިއްމު ބޭނުންތެރިކަމެއް ކަމުގައި ދެކޭތީ، މިކަމުގައި ކައުންސިލުން ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ފެންނަކަމަށާއި، މިގޮތުން ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ހިނގާ ވަގުތު ބޭނުންކުރާނެ ބޯފެން، ޖޫސްޕެކެޓް، ޑަސްޓްބިން ބޭގް، އަދި އަންގި ފަދަ ތަކެތި ގަތުމަށް ކައުންސިލް އިދާރާގެ އާމްދަނީ ބަޖެޓްގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 2500.00ރުފިޔާއަށް ވުރެ ޚަރަދު ބޮޑު ނުވާނެ ގޮތަށް ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  | 
		||||
| 
			 ތާއީދު ކުރެއްވި: ޑެޕިއުޓީ މެޔަރ މުޙައްމަދު ޔަސްރިފް  | 
			
			 ހުށަހެޅުން ހުށަހެޅި: މޭޔަރ އަބްދުﷲ ޞާދިޤް  | 
		|||
| 
			 ވޯޓް ދެއްވި ގޮތް  | 
		||||
| 
			 ބައިވެރިވެވަޑައިނުގަންނަވާ:00  | 
			
			 ނުފެންނަކަމަށް: 00 ވޯޓް.  | 
			
			 ފެންނަކަމަށް: 05 ވޯޓް  | 
			
			 ވޯޓުގައި ބައިވެރިވި: 05 ވޯޓް  | 
		|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

