އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާއަށް 01 ކާރާއި 01 ވޭން ގަތުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން މައްސަލައާއި މެދު ކައުންސިލުން ގޮތެއް ނިންމުން

5 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލް އިދާރާއަށް 01 ކާރާއި 01 ވޭން ގަތުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީއިން ބަލަންޖެހޭ ބެލުންތައް ބަލައި ނިމިފައިވުމާއިއެކު އެ މައްސަލައާއި މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި.        

މައްސަލަ ހުށަހެޅި ފަރާތް: އިވެލުއޭޝަން ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ އިވެލުއޭޝަން ކޮމިޓީއިން ބައްލަވާ ނިންމާފައިވާ ގޮތަށް 01 ކާރާއި 01 ވޭން ގަތުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުށަހެޅި ތާއީދު ލިބިފައިވާތީ، އެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ. މި މައްސަލައަށް ތާއިދު ކުރައްވަމުން ވެހިކަލްތަކުގެ ވޮރަންޓީ ލިޔުމާއި އެހެނިހެން ގޮތްގޮތުން ވެހިކަލްތަކުގެ ކޮންޑިޝަން ރަނގަޅުތޯ ބެލުމަށް ބަލަންޖެހޭ ކަންކަމާއި ލިޔެކިޔުންތައް ބަލައި ހެދުމަށާއި، ކައުންސިލުން ޙަވާލުވާންޖެހޭ ލިޔެ ކިޔުންތަކާއި ޙަވާލުވުމަށްފަހު ނޫނީ މިކަމަށް ހިނގާ ޚަރަދު ފައިސާ ދޫނުކުރުމަށް އެދޭކަމުގައި ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ފާހަގަކުރެއްވިއެވެ. މި މައްސަލަ މި ދެންނެވުނު ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން ހުށަހެޅި ތާއީދު ލިބުނުގޮތަށް މިހުށަހެޅުން ކުރިއަށް ގެންދިއުމަށް ފާސްވިއެވެ. 

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/194

ތާރީޚް: 5 ސެޕްޓެމްބަރ 2017