|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީ މާ ކިޅި ސަރަޙައްދުގައި ބެހެއްޓިފައިވާ ބެންޗް ރަނގަޅު ކުރުމާއި ޑަސްޓްބިން ބެހެއްޓުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިވެލުއޭޝަން ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ އަކީ 35000.00ރުފިޔާއަށް ވުރެ ދަށުން ޚަރަދު ކުރެވޭ މަސައްކަތެއްކަން ފާހަގަކޮށް މިމަސައްކަތް ކައުންސިލުން ކުރިއަށްގެންދިއުމަށް މީގެ ކުރިން ނިންމާފައިވާ ކަމަށާއި، ކުރިން ކައުންސިލަށް މައްސަލަ ހުށަހެޅުއްވި އިރުވެސް މިމަސައްކަތަށް ހިނގާނެ ޚަރަދު ލަފާކޮށް 3 ފަރާތެއްގެ ކޯޓޭޝަން ހުށަހެޅިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި މިބާވަތުގެ މައްސަލަތައް ކައުންސިލަށް ހުށަހެޅުމުގައި ކައުންސިލްގެ ވަގުތާއި މަސައްކަތް ބޭކާރު ނުވާނެގޮތަށް މަސައްކަތުގެ އިންތިޒާމް ހަމަޖެއްސުމަށް އިލްތިމާސް ދަންނަވާކަމަށާއި، މި މަސައްކަތަކީ ކައުންސިލުން މިމަސައްކަތް ކުރިއަށްގެންދިއުމަށް ނިންމައި މިކަން ކުރިއަށްނުގެންދެވި ދިގުލައިގެން ގޮސްފައިވާ މަސައްކަތެއްކަން ފާހަގަކޮށް މިއަދު މިމައްސަލަ ކައުންސިލުން ބޭރުކޮށްފިނަމަ އިތުރަށް މަސައްކަތް ނުފެށި ދިގުލައިގެން ދާނެތީ، މިމަސައްކަތަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ އެސްޓާރން އައްޑޫ އިންވެސްޓްމަންޓާއި އައްޑޫ ސިޓީ މާ ކިޅި ސަރަޙައްދުގައި ބެހެއްޓިފައިވާ ބެންޗް ރަނގަޅު ކުރުމާއި ޑަސްޓްބިން ބެހެއްޓުމުގެ މަސައްކަތް ޙަވާލުކުރުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

