އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޖަވާދުﷲ ޒާހިރު، ހުއިފިލަނޑާ އާލާކުރާނެ ބިމެއް ލިބުމަށް އެދުމާގުޅޭ

19 ޑިސެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:  ހުއިފި ލަނޑާ އާލާ ކުރާނެ ބިމެއް ލިބުމަށް އެދި ސ.ހިތަދޫ ނިއުސްޓަރ ޖަވާދުﷲ ޒާހިރު ހުށަހަޅުއްވާފައިވާ މައްސަލައާއި ގުލިގެން ކައުންސިލްގެ ވަގުތީ ކޮމިޓީގައި މިމައްސަލަ ދިރާކޮށް ކުރެވުނު މަޝްވަރާއަށްފަހު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:  ވަގުތީ ކޮމިޓީގެ މުޤައްރިރު މޭޔަރ ޢަބްދުﷲ ޞާދިޤ  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ އަކީ ކުރިން ކައުންސިލަށް ހުށަހެޅި ނިމިފައިވާ ގޮތުގެ މަތިން ކައުންސިލް މަޝްވަރާ ކޮމިޓީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވިފައިވާ މައްސަލައެއް ކަމަށާއި،  އަދި މިކަމަކީ މަސްވެރި ކަމުގެ ތަފާތުބާވަތްތައް އުފެއްދުމަށް މަގުފަހިވާ އިޤްތިޞާދީ ގޮތުން އައްޑުއަށް ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށް ފާހަގަ ކުރެވޭތީ، ކައުންސިލް މަޝްވަރާގައި ފާހަގަކުރެވުނު ކަންކަމަށްބަލައި " މިސަރައްޙައްދުގައި މިމަސައްކަތް ކުރުމުގެ ކުރިން ތަރައްޤީގެ ޕްލޭން އޮތްގޮތާއި، ބިން ބޭނުން ކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ ގޮތް ކައުންސިލަށް ސާފުވެފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި، އަދި މުސްތަޤްބަލުގައި ތަރައްޤީގެ އިތުރު ޕްލޭން ހެދޭއިރު މިފަދަ މަސައްކަތުން އިޤްތިޞާދީ މަންފާ ލިބޭގޮތަށް ޕްލޭން ތައްޔާރުވެގެން ދިއުން މުހިއްމުކަމަށާއި، އައްޑޫގެ ޢާއްމު ގިނަ ފަރާތްތައް ޝާމިލުވާ ގޮތަށް އަދި އެފަރާތްތަކަށް ފައިދާ ވާގޮތަށް މިފަދަ މަސައްކަތް ރޭވިގެން ދިއުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭކަމަށާއި، މިފަދަ މަސައްކަތެއް ފަށައި ގަންނައިރު މުޖްތަމަޢުގައި ދިރިއުޅޭ ރައްޔިތުންގެ ބަސް އޮތުމަކީ ވެސް މުހިއްމުކަމެއް ކަން ފާހަގަކޮށް، ޖަވާދުއްﷲ ޒާހިރު މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ކައުންސިލާއި ޙިއްސާ ކުރަން ބޭނުންފުޅުނަމަ އެފުރުޞަތު އޮތްކަން ފާހަގަކޮށް، ޖަވާދުﷲ ޒާހިރު އެދި ވަޑައިގެންފައިވާ ސަރަޙައްދުގައި މަސައްކަތް ކުރުމަށް ކަމާބެހޭ މިނިސްޓްރީން އިޢުތިރާޟް ނުކުރައްވާ ނަމަ ކައުންސިލުން ދައްކަން ޖެހޭ ބިމުގެ ސަރަޙައްދު ކަނޑައަޅައި ދެވިދާނެކަން ސ.މީދޫ ނިއުސްޓަރ ޖަވާދުﷲ ޒާހިރުއަށް އެންގުމަށް ފެންނަ ކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި: މޭޔަރ ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/293

ތާރީޚް: 19 ޑިސެމްބަރ 2017