|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ސ.ހިތަދޫއާއި ހުޅުދޫގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ އެއްމެދު ޢިމާރާތް ބެލެހެއްޓުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ މިނިސްޓްރީއިން ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް:
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ސ.ހިތަދޫ އާއި ހުޅުދޫގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ އެއްމެދު ޢިމާރާތް ބެލެހެއްޓުމައި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްއާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކުރެވިފައިވާ ގޮތަށް ލާމަރުކަޒީ އުޞޫލުން އައްޑޫސިޓީގެ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ހިންގުމަކީ މި ކައުންސިލުން ކުރަންޖެހޭ މުހިއްމު ކަމެއް ކަމުގައިވާތީ، އައްޑޫސިޓީގައި ޢިމާރާތް ކުރެވިފައިހުރި ފްލެޓް ތަކުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން އައްޑޫސިޓީ ކައުންސިލާ ޙަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

