އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ހުކުރު މިސްކިތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ ކުރިން ކުރަން ޖެހޭ އިތުރު މަރާމާތު ހުރިކަމާ ގުޅޭ

4 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ހުކުރު މިސްކިތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ ކުރިން ކުރަން ޖެހޭ އިތުރު މަރާމާތު ހުރިކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހިތަދޫ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ޙަވާލު ކޮށްފައިވާ ސަންޝެލް މޯލްޑިވްސް ޕވޓ ލމޓ އިން މިސްކިތުގެ ފުރާޅުގެ ޓިނު ބަދަލުކުރުމުގެ ކުރިން ކުރަން ޖެހޭ އިތުރު މަރާމާތު ހުރިކަމަށް އަންގައި ލިޔުމުން ހުށަހަޅާފައިވާތީ، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ހުކުރު މިސްކިތުގެ ފުރާޅު ޓިނު ބަދަލުކުރުމަށް އެތަނުގެ ޓިނު ނެއްޓުމުން، ހަރުގޭގެ ފުރާޅުގައި ހުރި ހުރިހާ ލަކުޑި ހަލާކުވެފައި ހުރިކަން ފާހަގަ ކުރެވިފައިވާތީ، ހުކުރު މިސްކިތުގެ މަރާމާތުގެ އެއްބަސްވުމަށް ތިރީގައި މިދަންނަވާ މަސައްކަތް އިތުރުކުރުމަށާއި، މި މަސައްކަތްތަކަކީ ކޮންޓްރެކްޓަރ އާއި އެކު ވެވުނު އެއްބަސްވުމުގައި ހިމެނިފައި ނުވާ މަސައްކަތް ކަމަށްވާތީ، އެއްބަސްވުމުގެ ޖުމްލަ 10%ގެ އަގު ޕްރޮޖެކްޓަށް އިތުރުކޮށް ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތުގެ އެއްބަސްވުމަށް އިތުރު ކުރެވުނު މަސައްކަތް    

  • ހަރުގޭގެ ފުރާޅު ލަކުޑި އެއްކޮށް ބަދަލުކޮށް އާލަކުޑި އެޅުން
  • ހަރުގޭގެ ކަރަންޓް ވައިރު ރަނގަޅުކޮށް އާބޮކިތައް ޖެހުން
  • ހަރުގޭގެ ސީލިންގ އެއްކޮށް ބަދަލުކޮށް އާޑިޒައިން ސީލިންގ އައްކުރުން
  • ހަރުގޭގެ ސީލިންގް އަދި ފާރުރީތިކޮށް ކޯނިޝްއަޅާ ކުލަލުން
  • މިސްކިތުގެ ބޭރަށް ފެންނަން ހުރި ހުރިހާ ކުޑަދޮރުތައް ސާފުކުރުމަށްފަހު ދަވާދުލުން
  • މިސްކިތުގެ ބޭރު ފާރުގައި ރަނގަޅު ކުރަން ޖެހޭ ތަންތާގައި ޕުޓީއަޅާ ސޭންޑަރކޮށް ވޯލްސީލާރ ލުމަށްފަހު ކުލަލުން.

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް 

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/33

ތާރީޚް: 4 މާރޗް 2020