އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ މެއިންޓެނެންސް ބެލެހެއްޓުމަށް މުވައްޒަފުން ހަމަޖެއްސުމާ ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ މެއިންޓެނެންސް  ބެލެހެއްޓުމަށް މުވައްޒަފުން ހަމަޖެއްސުމަށް  

މައްސަލަ ހުށަހެޅި ފަރާތް:  ކުލީ ބިމާބެހޭ ކޮމިޓީ    

ނިންމުން

މައްސަލަ ނިމުނުގޮތް:

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ހިތަދޫ އާއި ހުޅުދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ މެއިންޓެނެންސް  ބެލެހެއްޓުމަށް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ،މިނިސްޓްރީ އޮފް ހައުސިން އެންޑް އާރބަން ޑިވެލޮޕްމަންޓްއާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު  ވެވިފައިވާ އެއްބަސްވުމުމުގެ ދަށުން ހިތަދޫ އާއި ހުޅުދޫ އަވަށު އޮފީހުގައި ފްލެޓް މެއިންޓެނެންސް ޔުނިޓެއް ޤާއިމުކޮށް، އޮފީހުގެ މުވައްޒަފުންގެ ތެރެއިން ސުޕަވައިޒަރަކު ހަމަޖައްސައި، އިލެކްޓްރީޝަނަކާއި  ފްލެޓްތައް ބެލެހެއްޓޭވަރަށް މަސައްކަތު މުވައްޒަފުން ނެގުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ،މުހައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/39

ތާރީޚް: 18 މާރޗް 2020