އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ "ޖަސްޓީ" އާއި އިންވެގެން އުތުރަށް އޮތް 1930 އަކަފޫޓުގެ ކުލީ ބިމާއި އެބިމުގައި ހުރި އިމާރާތް ކުއްޔަށް ދޫކުރުމާ ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

 މަރަދޫ އަވަށުގެ "ޖަސްޓީ" އާއި އިންވެގެން އުތުރަށް އޮތް 1930 އަކަފޫޓުގެ ކުލީ ބިމާއި އެބިމުގައި ހުރި އިމާރާތް ކެފޭ،ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ނުވަތަ ޕޭސްޓްރީ  ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2019/274 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރުމަށް ފަހު ކުލީބިމާ ބެހޭ ކޮމިޓީން ނިންމެވި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކުލީ ބިމާބެހޭ ކޮމިޓީ     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

                މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މަރަދޫ އަވަށުގެ "ޖަސްޓީ" އާއި އިންވެގެން އުތުރަށް އޮތް 1930 އަކަފޫޓުގެ ކުލީ ބިމާއި އެބިމުގައި ހުރި އިމާރާތް ކެފޭ،ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ނުވަތަ ޕޭސްޓްރީ ވިޔަފާރި ކުރުމަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2019/274 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު، އިވެލުއޭޝަންގައި އެންމެ މަތިން މާރކްސް ލިބިފައިވާ، ސ. މަރަދޫ، ވިނަމާ، ފާތިމަތު ވަޙީދު އާއި ހަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.      

 

ތާއީދު ކުރެއްވި:  ކައުންސިލަރ ، ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ،މުހައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/40

ތާރީޚް: 18 މާރޗް 2020