އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ "ލޯކަލް މާރުކޭޓް" ޢިމާރާތުގެ ހުޅަނގު އުތުރުގައިވާ 50X40 ފޫޓުގެ ބިން ޢާއްމު ވިޔަފާރިއަށް ކުއްޔަށް ދޫކުރުމާ ގުޅޭ

18 މާރޗް 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫ އަވަށު "ލޯކަލް މާރުކޭޓް" ޢިމާރާތުގެ ހުޅަނގު އުތުރުގައިވާ 50X40 ފޫޓުގެ ބިން ޢާއްމު ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2019/297 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރުމަށް ފަހު ކުލީބިމާ ބެހޭ ކޮމިޓީން ނިންމެވި ނިންމުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކުލީ ބިމާބެހޭ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މަރަދޫ އަވަށު "ލޯކަލް މާރުކޭޓް" ޢިމާރާތުގެ ހުޅަނގު އުތުރުގައިވާ 50X40 ފޫޓުގެ ބިން ޢާއްމު ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)426-AB/426/2019/297 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު، އިވެލުއޭޝަންގައި އެންމެ މަތިން މާރކްސް ލިބިފައިވާ، ސ.މަރަދޫ ހިކިފިނިފެންމާގެ މޫސާ ޝަންމޫން އާއި ހަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ، ފައިސަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ،މުހައްމަދު ޔަސްރިފް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/41

ތާރީޚް: 18 މާރޗް 2020