|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހުޅުދޫ އަޅިފަށުވިގެ މަރްޔަމް މަނިކެ ކ.ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮނުވުމަށް އެހީތެރިކަން ފޯރުކޯށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސާވިސް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސ.ހުޅުދޫ އަޅިފަށުވިގެ މަރްޔަމް މަނިކެ އަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ހިނގާބިނގާވެ ނޫޅެވޭ މީހަކަށްވެފައި އަޅާލާނެ އެއްވެސް ފަރާތެއް ނެތުމާއި ގުޅިގެން ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވުމުގައި އެހީތެރިކަމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސާރވިސް އިން ހުށަހެޅުމާއި ގުޅިގެން އެފަރާތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މަރްޔަމް މަނިކެ އަށް ވައިގެ މަގުން 1 ކޮޅު ޓިކެޓް (ގަން/މާލެ) އަދި އެހީތެރިޔާއަށް ވައިގެ މަގުން 02ކޮޅު ދަތުރު (ގަން/މާލެ، މާލެ/ގަން) ޚަރަދަށް ހިނގާ 4008.00ރުފިޔާ (ހަތަރުހާސް އަށް ރުފިޔާ) ކައުންސިލަގެ ބަޖެޓްގައި ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިހުރި ފައިސާއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިސަލް އިބްރާހީމް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 01 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

