އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ ޑްރައިވަރު (ދާއިމީ) މަޤާމު ހުސްވުމާއި ގުޅޭ

7 މޭއި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާގެ ޑްރައިވަރު (ދާއިމީ) މަޤާމު ހުސްވުމާއިއެކު އެމަޤާމަށް ދާއިމީ މުވައްޒަފަކު ހަމަޖެހިފައިނުވާތީ އާއި، އެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ނެތި ޚިދުމަތް ދިނުމަށް ދަތިވާތީ މި މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރް ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  ކައުންސިލް އިދާރާގެ ޑްރައިވަރު (ދާއިމީ) މަޤާމު ހުސްވުމާއިއެކު އެމަޤާމަށް ދާއިމީ މުވައްޒަފަކު ހަމަޖެހިފައިނުވާތީ އާއި، އެ މަސްއޫލިއްޔަތު އަދާކުރާނެ ފަރާތެއް ނެތި ޚިދުމަތް ދިނުމަށް ދަތިވާތީ މި މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ މައްސަލާގައި ކޮންޓްރެކްޓް އުސޫލުން 2020 ވަނަ އަހަރުގެ ޑިސެމްބަރ 31 ގެ ނިޔަލަށް ޑްރައިވަރ މަޤާމަށް މުވައްޒަފަކު ނެގުމަށާއި ސިވިލް ސަރވިސް ކޮމިޝަނުން ދާއިމީ މުވައްޒަފުން ހަމަޖެއްސުމުގެ ހުއްދަ ލިބުމުން ދާއިމީ މުވައްޒަފަކު ހަމަޖެއްސުމުގެ މަރުހަލާކުރިއަށް ގެންގޮސް ދާއިމީ މުވައްޒަފު ހަމަޖެހުމުން ކޮންޓްރެކްޓް އުސޫލުން ނެގިފައިވާ މުވައްޒަފު ވަޒީފާގެ އެއްބަސްވުމާއި އެއްގޮތަށް ނޯޓިސްދީ ދޫކޮށްލުމަށާއި 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދާއިމީ ޑްރައިވަރަ  މަޤާމުގެ މުސާރާއި އިނާޔަތްދިނުމަށް " ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ހުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/50

ތާރީޚް: 7 މޭއި 2020