އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށުގެ އެކިއެކި ސަރަހައްދުތަކުގައި މުނިފޫހި ފިލުވާ ސަރަޙައްދުތައް ކަނޑައަޅައި އެތަންތަން ތަރައްޤީކުރުމަށް އެދިފައިވުމުން

12 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ހުޅުދޫ އަވަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އަވަށުގެ އެކިއެކި ސަރަހައްދުތަކުގައި މުނިފޫހި ފިލުވާ ސަރަޙައްދުތައް ކަނޑައަޅައި އެތަންތަން ތަރައްޤީކުރުމަށް އެދެމުން މައްސަލަ.

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް  

ނިންމުން

މައްސަލަ ނިމުނުގޮތް:

ހުޅުދޫ އަވަށުގެ ރައްޔިތުންގެ އިސްނެގުމާއި އެކު ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމްތަކެއް ކަމުގައި ވާތީ، މި ޕްރޮގްރާމަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ފެންނަކަމަށާއި، އަދި ހުށަހެޅުމުގައި ބަޔާން ކުރެވިފައިވާ ގޮތަށް މި ޕްރޮގްރާމްގެ ދަށުން ފިނިމައިޒާން ތަރައްޤީ ކުރުމުގެ ހުއްދައަށް އެދި ފައިވާ ތަންތަނުގައި އެފަދަ ތަންތަން ތަރައްޤީ ކުރުމުގެ ހުއްދަ ދިނުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:ޑކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/202

ތާރީޚް: 12 ސެޕްޓެމްބަރ 2017