އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ 2019 ވަނަ އަހަރުގެ 158 ވަނަ ނިންމުން ރިވިއުކުރުން

3 އޮކްޓޯބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނަމްބަރު426-BR(3)/2019/158  ނިންމުން ރިވިއުކުރުން

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް     

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫގައި ބީޗް ހެދުމުގެ މަސައްކަތަކީ ޖައިކާ ޕްރޮޖެކްޓްގައި ހިމެނޭ މަސައްކަތަކަށް ވެފައި ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެނައުމަށް ކުރިން މަޝްވަރާ ކުރެވުނު ނަމަވެސް، މި ޕްރޮޖެކްޓް ގެ މަސައްކަތް ހިންގުން ލަސްވާތީ،

ކައުންސިލްގެ ނަމްބަރު426-BR(3)/2019/158  ނިންމުން ރިވިއު ކުރުމަށްފަހު، އައްޑޫގައި ބީޗް ހެދުމުގެ ޕްރޮޖެކްޓް ކުރިން އޮތް ސްކޯޕާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

 

ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ ، މުޙައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/282

ތާރީޚް: 3 އޮކްޓޯބަރ 2019