އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅުން

9 ޖުލައި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ މީދޫ ޕަބްލިކް ވޯރކްސް ވެހިކަލްތައް އަމިއްލަ ފަރާތްތަކަށް ކުއްޔަ ދޫކުމަށް ތިރީގައިވާ ގޮތަށް އުޞޫލެއް އެކުލަވާލުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. ޕަބްލިކް ވޯރކްސްގެ ވެހިކަލް ކުއްޔަ ހޯދުމަށްޓަކައި ފޯމް ހުށަހަޅާނީ އެ އަވަށެއްގެ ޕަބްލިކް ވޯރކްސްގެ ސައިޓް އޮފީހަށެވެ. އަދި ވެހިކަލްތައް ދޫކުރެވޭނީ ފޯމްހުށަހެޅި ތަރުތީބުން ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ. 
  2.  ވެހިކަލް ކުލީގެ ގޮތުގައި ފައިސާ ކައުންސިލް އިދާރާއިން ކަނޑައަޅާ އެކައުންޓަކަށް ފައިސާ ދައްކަވައި ރަސީދު ވައިބަރ ނުވަތަ މެއިލް އިން އެފަރާތަށް ފޮނުވޭނެއެވެ.
  3. ފައިސާ ދައްކަވާ ތަރުތީބުން ލިސްޓް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ޕަބްލިކް ވޯރކްސް އޮފީސް ހިންގުމާއި އެވަގުތު ޙަވާލުވެގެން ހުންނަވާ އިސްފަރާތުން ސޮއިކޮށް އޮފީސް ބަންދުވުމުގެ ކުރިން ހުޅުދޫ އަދި މީދު އަވަށު އޮފީހަށް ފޮނުވަންވާނެއެވެ.
  4. ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް ކުއްޔަ ހިފާފައިވާ ވަގުތަށް ވުރެ ގިނަ ވަގުތު ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި މިގޮތަށް ޢަމަލުކޮށްފިކަމުގައިވާނަމަ އެފަރާތާއި މެދު ފިޔަވަޅު އެޅޭނެއެވެ. މިކަން ކަށަވަރުކުރަންވާނީ އެވަގުތު ޕަބްލިކް ވާރކް ސައިޓް އޮފީސް ވަހާލުވެގެން ހުންނަވާ ފަރާތުންނެވެ.
  5.  ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް ކުއްޔަ ހިފައިގެން ޤާނޫނާއި ޤަވާޢިދާއި ޚިލާފު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށާއި އެ މަސައްކަތަކީ ހުއްދަ ނަގައިގެން ކުރެވޭ މަސައްކަތަކަށް ވާނަމަ ހުއްދަ ނަގަންޖެހޭ ފަރާތަކުން ހުއްދަ ނަގައިގެން ނޫނީ އެއްވެސް މަސައްކަތެއް ނުކުރެވޭނެއެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާޙިމް ފައިޞަލް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/62

ތާރީޚް: 9 ޖުލައި 2020