އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި މަސައްކަތް ކުރާ ބިދޭސީން ދަފުތަރު ކުރުމާއި ރެޖިސްޓްރޭޝަން ކާޑެއް ހެއްދުން

16 ޖުލައި 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި މަސައްކަތް ކުރާ ބިދޭސީން ދަފުތަރު ކުރުމާއި ރެޖިސްޓްރޭޝަން ކާޑެއް ހެއްދުން

 

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

             މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫގައި މަސައްކަތް ކުރާ ބިދޭސީން އެ އަވަށެއްގައި އަވަށު އޮފީހުގައި ދަފުތަރު ކުރުމާއި އެކު ބިދޭސީންނަށް ރެޖިސްޓްރޭޝަން ކާޑް އިދާރީ އިންތިޒާމްގެ ތެރެއިން ހަމަޖައްސައި ރަޖިސްޓްރޭޝަން ކާޑު ކައުންސިލްގެ އަވަށުއޮފީސްތަކުން ދޫކުރުމާއި މި ކާޑު ހެދުމަށް ޚަރަދު ހަމަޖައްސަންވާނީ ބިދޭސީ މީހާ އަމިއްލަ އަށް ނޫނީ ބިދޭސީ މީހާ އަށް ލިބިފައިވާ ސްޕޮންސަރ ގެ ދަށުންކަމަށާއި އައްޑޫސިޓީ ކައުންސިލްގެ  ދަފްތަރުގައި ރަޖިސްޓްރީ ނުކޮށް ޤަވާއިދާއި ހިލާފަށް ބިދޭސީން ގެންގުޅޭ ފަރާތްތަކާއި މެދު ޤަވާޢިދާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާޙިމް

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/69

ތާރީޚް: 16 ޖުލައި 2020