|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސަރަހައްދީ ބަނދަރުން ވިޔަފާރީގެ ބޭނުމަށް ވެއަރ ހައުސް، ގުދަން ހަދަން ތަން ހޯދުމަށް ބިންދޫކުރުމުގެ އުޞޫލް ފާސްކުރުން
|
||||
|
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ އަބްދުﷲ ޞާދިޤް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ދިވެހިރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓު ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާއި ގުޅިގެން ސަރަޙައްދީ ބަނދަރަށް މުދާ ގެނައުމަށް މަގުފަހިވެފައިވާތީ އައްޑޫ ސިޓީ ސަރަޙައްދީ ބަދަރު ސަރަޙައްދަށް ގެންނަ މުދާތައް ގުދަންކުރުމަށް ބޭނުންވާ ވެއަރ ހައުސް ހެދުމުގެ ފުރުސަތު ފަހިކޮއްދިނުމަށްޓަކައި ހިތަދޫ ސަރަހައްދީ ބަނދަރުން ވެއަރ ހައުސް އެޅުމަށް ބިން ދޫކުރުމުގެ އުޞޫލް ފާސްކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާޙިމް |
ހުށަހެޅުން ހުށަހެޅި: މޭޔަރ އަބްދުﷲ ޞާދިޤް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

