އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫން ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކުރުމަށް

3 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރ (IUL)426-AB/426/2019/255 އަދި (IUL)426-AB/426/2019/306 (25 ޖުލައި 2019 އަދި 29 އޮގަސްޓް 2019) އިއުލާންތަކާއި ގުޅިގެން އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކުރުމަށް

 

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް އިޢުލާންކުރުމަށާއި އިޢުލާނާއި ގުޅިގެން ހުށަހަޅާ ޝަކުވާތައް އިވެލުއޭޝަން ކޮމިޓީ އިން ބަލައި، ލިސްޓް ފައިނަލްކުރުމަށާއި ގޯތި ލިބޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށާއި، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ގުރުއަތުން ކަމަށާއި، ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހުޅުދޫ އަވަށު އޮފީސް މެދުވެރިކޮށް ކުރިއަށްގެންދިޔުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/87

ތާރީޚް: 3 ސެޕްޓެމްބަރ 2020