|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގައި "ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯސް ހިންގުމަށް ކުރިން ހުޅުދޫ ނަސްރިއްޔާ ޕްރިސްކޫލް ހިންގި އިމާރާތް ދޫކުރުމަގައި ކައުންސިލުން ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަ އިބްރާޙިމް ޝުކުރީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް:
މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި އައްޑޫސިޓީ ހުޅޫދޫ ހީނާމާގެ ޝަފީޤް ހަސަން އަދި މީދޫ ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް އާއި ގުޅިގެން ހުޅުދޫމީދޫގައި ހިންގުމަށް ހަމަޖެހިފައިވާ "ސެޓްފިކެޓް 3 އިން އިލެކްޓްރީޝަން" ކޯހަކީ ހިލޭސާބަހަށް އައްޑޫގެ ޒުވާނުންނަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެއްކަމަށާއި މި ކޯސް ހިންގުމަށް ހުޅޫދޫ ނަސްރިއްޔާ ޕްރީސްކޫލް ހިންގި އިމާރާތް އެފަރާތަށް 6 މަސް ދުވަހުގެ މުއްދަތަށް ދޫކުރުމަށާއި، މި މުއްދަތުގައި އެ އިމާރާތަށް ދާނެ ކަރަންޓުގެ ޚަރަދު ކައުންސިލްއިން އަދާކުރެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާޙިމް ޝުކުރީ |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

