އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުނިސިޕަލް އިންސްޕެކްޓަރ މަޤާމުގެ ޝަރުތު އިސްލާޙުކޮށް އަލުން އެ މަޤާމްތަކަށް މީހުން ނެގުމަށް އިޢުލާންކުރުން

29 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ އަވަށްތަކުގެ މުނިސިޕަލް އިންސްޕެކްޓަރ މަޤާމަށް މީހުން ނެގުމަށް ކުރެވުނު އިޢުލާންތައް ބާތިލްކުރުމާއި މަޤާމުގެ ޝަރުތު އިސްލާޙުކޮށް އަލުން އެ މަޤާމްތަކަށް މީހުން ނެގުމަށް އިޢުލާންކުރުން

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ އަވަށްތަކުގެ މުނިސިޕަލް އިންސްޕެކްޓަރ މަޤާމަށް މީހުން ނެގުމަށް ކުރެވުނު އިޢުލާނުތަކާއި ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން މަސްޢޫލިއްޔަތާއި ސީދާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތައް މަދުކަން ފާހަގަކުރެވެތީއާއި، މަސައްކަތާއި ސީދާ ނުގުޅޭ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ އަށް ބަލައި މުވައްޒަފުން ނެގުމުން، މަޤާމުގެ މަސްޢޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރެވިދާނެ ކަމަށް ޤަބޫލު ނުކުރެވޭނެތީ، މަޤާމުގެ ޝަރުތު ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް އިސްލާޙުކޮށް އަލުން އިޢުލާނުކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

 

މުނިސިޕަލް އިންސްޕެކްޓަރުންގެ ޝަރުތު:

  • ލިޔަން ކިޔަންދަތުމާއި އެކު މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާ އާއި ހުނަރު ހުރި (ލޯ އެންފޯސްމަންޓް/ ފަޔަރ އެންޑް ރެސްކިއު/ މުނިސިޕަލް ފަދަ) ދާއިރާ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 25 އަހަރާއި 50 އަހަރާއި ދެމެދު މީހަކަށް ވުން

 

ތާއީދު ކުރެއްވި:  ކައުންސިލަރ އަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ހުސައިން ހިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/97

ތާރީޚް: 29 ސެޕްޓެމްބަރ 2020