އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫ މާލިއްޔާ ޢިމާރާތް ބެލެހެއްޓުމާއި މެދު ގޮތެއް ނިންމުން

29 ސެޕްޓެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއާއި އައްޑޫސިޓީ ކައުންސިލާއެކު ވެވިފައިވާ ނަމްބަރު:426-CA/AGR/2014/20  އެއްބަސްވުން ބާތިލްކޮށް ސ.ހިތަދޫ މާލިއްޔާ ޢިމާރާތް ބެލެހެއްޓުމާއި މެދު ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

 

 މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީއިން 31 އޮގަސްޓް 2020ގައި ހުށަހަޅާފައިވާ ސިޓީގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ އާއި މިއިދާރާއާއި ދެމެދު ވެވިފައިވާ ނަމްބަރު:426-CA/AGR/2014/20  އެއްބަސްވުން ބާތިލްކުރުމަށާއި، ސ.ހިތަދޫ މާލިއްޔާ ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޙަވާލުކުރެވިފައިވާ ފަރާތުގެ ކޮންޓްރެކްޓް މިއަހަރުގެ ނިޔަލަށް ދަމަހައްޓައި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/101

ތާރީޚް: 29 ސެޕްޓެމްބަރ 2020