އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީން 10 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅޭ

6 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީން 10 ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަމްބަރު (IUL)426-AB/426/2020/32  އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު ކޮމިޓީން ނިންމި ނިންމުމަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކުލީ ބިމާއި ބެހޭ ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީން 10 ބިން ކުއްޔަށް ދޫކުރުމަށް ޢާއްމުކޮށް ފުރުޞަތު ހުޅުވާލައި، މިއިދާރާގެ ނަމްބަރު: (IUL)426-AB/426/2020/32  އިޢުލާނު ޢާއްމު ކުރުމާއި ގުޅިގެން ހުށަހެޅުނު ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު، ކުލީ ބިމާއި ބެހޭ ކޮމިޓީއިން  ހުށަހަޅާފައިވާ ރިޕޯރޓް ގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން އެންމެހާ ކަންކަން ކުރިއަށްގެންދިއުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

  ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/107

ތާރީޚް: 6 އޮކްޓޯބަރ 2020