އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މީދޫ ކޯގަންނު ޤަބުރުސްތާނު ކައިރީގައި ސައިޓް މިއުޒިއަމެއް ޤާއިމުކުރުމާ ގުޅޭ

6 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން މީދޫ ކޯގަންނު ޤަބުރުސްތާނު ކައިރީގައި ސައިޓް މިއުޒިއަމެއް ޤާއިމު ކުރުމަށް ކޯގަންނު ގަބުރުސްތާނު ކައިރީގައި އޮންނަ ދޮންރުއްވައު ކޮށީގައި އެފަދަ މައުރަޒެއް ހެދުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހުށަހަޅާފައިވާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

         މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން މީދޫ ކޯގަންނު ގަބުސްތާނު ކައިރީގައި ސައިޓް މިއުޒިއަމެއް ޤައިމު ކުރުމަށް ބޭނުންވާތީ، ގަބުރުސްތާނު ކައިރީގައި އޮންނަ ދޮންރުއްވައު ކޮށީގައި އެފަދަ މިއުޒިއަމެއް ޤާއިމުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވޭތީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އެދި ވަޑައިގެންފައިވާ ގޮތަށް ސައިޓް މިއުޒިއަމެއް ޤާއިމުކުރުމަށްޓަކައި، މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަހައްދުން، 91,400(ނުވަދިހަ އެއްހާސް ހަތަރުސަތޭކަ) އަކަފޫޓުގެ ބިން، ޙަވާލުކުރުމަށް ޤަވާއިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފެންނަކަމަށް  " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

  ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2020/108

ތާރީޚް: 6 އޮކްޓޯބަރ 2020