އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ފްލެޓް ސަރަޙައްދުގައި މިސްކިތެއް އެޅުމަށް ބިން ދޫކުރުމުގައި ގޮތެއް ނިންމުން

15 އޮކްޓޯބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ފްލެޓް ސަރަޙައްދުގައި މިސްކިތެއް އެޅުމަށް ބިން ދޫކުރުމުގައި ގޮތެއް ނިންމުން     

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ހިތަދޫ ފްލެޓް ސަރަޙައްދުގައި މިސްކިތެއް އެޅުމަށް އަމިއްލަ 2 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާ ކުރުމަށްފަހު ފްލެޓް އޭރިއާގެ ދެކުނުން މިސްކިތް އެޅުމަށް ރިޒާވްކޮށްފައިވާ ބިމުގައި މިސްކިތްއަޅާދޭނެ ފަރާތެއް ހޯދުމަށް، ޢާއްމުކޮށް އިޢުލާނުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ބަލައި، ފްލެޓް ސަރަހައްދުގައި މިސްކިތް އެޅުމަށް ބިން ދޫކުރުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/114

ތާރީޚް: 15 އޮކްޓޯބަރ 2020