އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަނދަރުގައި ބަހައްޓާފައި ހުރި އެލްބްލޮކްސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން

5 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫ ބަނދަރުގައި ބަހައްޓާފައި ހުރި އެލްބްލޮކްސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދޫކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް:  ޕޮރޮޖެކްޓް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ވިއްސާރަވެ މޫސުމް ގޯސްވާއިރު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓުން ސ.ގަމުގައި ތަރައްޤީ ކުރަމުންގެންދާ ސީޕްލޭން ޓާރމިނަލް ސަރަހައްދަށް ލޮނުވަދެ ބޮޑެތި ގެއްލުންތައް ލިބެމުންދާތީ، މޫސުމީ ގެއްލުންތަކުން އެސަރަހައްދު ރައްކާތެރި ކުރުމަށް އެ ސަރަހައްދުގައި ތޮށި ލުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް، އަދި މި ސަރަހައްދަކީ އައްޑޫގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އައްޑޫގެ ފަތުރުވެރިކަމަށް ގިނަ ގުނަ ފައިދާ ލިބޭނެފަދަ ގޮތަކަށް ތަރައްޤީކުރެވޭ ތަނަކަށް ވާތީ، އައްޑޫސިޓީ ހިތަދޫ ބަނދަރު ސަރަޙައްދުގައި ބަހައްޓާފައި ހުރި 17 (ސަތާރަ) ކޮންކްރީޓް އެލް ބްލޮކްސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ އިބްރާހީމް ޝުކުރީ    

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/122

ތާރީޚް: 5 ނޮވެމްބަރ 2020