އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނެ ފަރާތްތައް ކަނޑައެޅުމާއި ގުޅޭ ޤަރާރު ފާސްކުރުމުގެ މައްސަލަ

3 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނެ ފަރާތްތައް ކަނޑައެޅުމާއި ގުޅޭ ޤަރާރު ފާސްކުރުމުގެ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް، ޕްލޭނިންގް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކައުންސިލްގެ ނަމްބަރު: 426-AA/(Garaar)2019/06 ޤަރާރު ބާޠިލްކޮށް، މި މައްސަލައާއި އެކު ހުށަހަޅާފައިވާ ޤަރާރުގެ ދެލިކޮޕީއާއި އެއްގޮތަށް ޝަރުޢީ ކޯޓުތަކުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރާނެ ފަރާތްތައް އަލުން ކަނޑައަޅައި ކައުންސިލުން ޤަރާރު ފާސްކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/139

ތާރީޚް: 3 ޑިސެމްބަރ 2020