އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އިޖްތިމާޢީ މަރުކަޒު ހިންގުމާއި ކައުންސިލުން ހަވާލުވި އިރު އެތަނުގައި ހަލާކުވެފައި ހުރި ހަރުމުދަލުގެ ތަކެތި ނީލަން ކިޔުމުގެ މައްސަލަ

3 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މަރަދޫފޭދޫ އިޖްތިމާޢީ މަރުކަޒު ހިންގުމާއި ކައުންސިލުން ހަވާލުވި އިރު އެތަނުގައި ހަލާކުވެފައި ހުރި ހަރުމުދަލުގެ ތަކެތި ނީލަން ކިޔުމުގެ މައްސަލަ   

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މަރަދޫފޭދޫ އިޖްތިމާޢީ މަރުކަޒު ހިންގުމާއި ކައުންސިލުން ހަވާލުވި އިރު އެތަނުގައި ހަލާކުވެފައި ހުރި ހަރުމުދަލުގެ ގޮތުގައި ހިމެނޭ ތަކެތި ނީލަން ކިޔުމުގައި މިފަދަ ތަކެތި ނީލަން ކިޔުމަށް ހެދިފައިވާ ޤަވާޢިދުގައި ހިމެނޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، ދައުލަތުގެ މާލިއްޔަތު ޤާނޫނުގައި ބަޔާން ކުރެވިފައިވާ އިޖުރާތުތައް ފުރިހަމަކޮށް މައްސަލައާއި އެކު ހުށަހަޅާފައިވާ ލިސްޓްގައި ހިމެނޭ ތަކެތި ނީލަން ކިޔުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުން ދެއްވި ވޯޓުގެ ނަތީޖާއަށް ބަލާއިރު މުޅި ކައުންސިލްގެ 3 ބައިކުޅަ ދެބައިގެ ޢައުލަބިއްޔަތު ލިބިފައި ނުވާތީ މިހުށަހެޅުން ފާސްކުރެވިފައި ނުވެއެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު      

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/142

ތާރީޚް: 3 ޑިސެމްބަރ 2020