އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގއ. އަތޮޅު ކައުންސިލުގެ އިދާރާ އިން އައްޑޫސިޓީ ކައުންސިލަށް ދެއްވާފައިވާ ދަޢުވަތު ޤަބޫލުކޮށް އެ އަތޮޅަށް ރަސްމީ ދަތުރެއް ކުރުން

17 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުވަދު އަތޮޅު އުތުރު ބުރީގެ އަތޮޅު ކައުންސިލުގެ އިދާރާ އިން އައްޑޫސިޓީ ކައުންސިލަށް ދެއްވާފައިވާ ދަޢުވަތު ޤަބޫލުކޮށް އެ އަތޮޅަށް ރަސްމީ ދަތުރެއް ކުރުމާއި މެދު ކައުންސިލް އިން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ      

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ސަރަޙައްދީ ފެންވަރުގައި ހުވަދުއަތޮޅު އުތުރުބުރީގައި ފާހަގަ ކުރުމަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ނިންމައި އެ ކައުންސިލުން އައްޑޫސިޓީ ކައުންސިލަށް ދަޢުވަތު ދެއްވާފައިވާތީ އާއި، ގއ. އަތޮޅުގައި ޤާއިމު ކުރާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ހުވަދު އަތޮޅު އުތުރު ބުރީގެ އަތޮޅު ކައުންސިލްގެ އިދާރާ އިން ދަޢުވަތު ދެއްވާފައިވާތީ، މި ދައުވަތު ޤަބޫލުކޮށް ގއ. އަށް ދަތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ، ގއ. ވިލިގިލިއަށް ރަސްމީ ދަތުރެއް ކުރުމަށާއި، މި ދަތުރުގެ ޚަރަދު އިންތިޒާމް ހަމަޖެއްސުމުގައި ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓްގެ ރަސްމީ ދަތުރު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑަށް ފައިސާ އިތުރުކޮށް 7 ކައުންސިލަރުން އަދި 1އިދާރީ މުވައްޒަފު ހިމެނޭ ގޮތަށް ވައިގެ މަގުން ދެކޮޅު ދަތުރު ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު     

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/153

ތާރީޚް: 17 ޑިސެމްބަރ 2020