އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކުރެވިފައި ހުރި ބިންތަކުގެ ކުލިން 25% އަގު ހެޔޮ ކުރުމާ ގުޅޭ

19 ނޮވެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކުރެވިފައި ހުރި ބިންތަކުގެ ކުލިން 25% އަގު ހެޔޮ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން         

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ ނަމްބަރު :431-VR/426/2020/6  ސިޓީގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ކޮވިޑް 19 ގެ ބަލި މަޑުކަމުގެ ސަބަބުން ދުނިޔެއަށާއި ރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވަމުންދާކަން ފާހަގަ ކުރެވޭކަމަށާއި، ދިރިއުޅުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެފަދަ ބިންތައް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލާ އެންމެ ކުޑައަގު ކަނޑައަޅާފައި ވީނަމަވެސް، އެޤަވާޢިދުގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ކުލީގެ މިންވަރެއް ވަކި މުއްދަތަކަށް މަޢާފު ކުރުމަކީ، އެފަދަ ވިޔަފާރިތައް ޙިމާޔަތްކޮށްދީ ސަލާމަތް ކޮށްދިނުމަށް ވެވިދާނެ އެހީތެރިކަމެއްކަން ފާހަގަ ކުރެވޭތީ، ކުދި ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށްދީ، އެފަދަ ވިޔަފާރިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން،އައްޑޫސިޓީ އިން ކުއްޔަށް ދޫކުރެވިފައި ހުރި ބިންތަކާއި، އަދި އަލަށް ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ކުލިން 25% (ފަންސަވީސް އިންސައްތަ) 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަށް އަގު ހެޔޮކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް    

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/134

ތާރީޚް: 19 ނޮވެމްބަރ 2020