މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ކުލީ ބިންތަކުން ނަގަމުންއަންނަ ކުލީގެ ފައިސާއާއި ގުޅިގެން ނެގޭ ޖޫރިމާނާ ފައިސާ ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން މަޢާފް ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، ކައުންސިލްގެ ނަމްބަރު: 426-B(3)/2020/51 ނިންމުމުން ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން އައްޑޫސިޓީ އިން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ފަސްކޮށް ދިނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކުލި ފަސްކޮށް ދެވިފައިވާކަން ފާހަގަކޮށް، ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައި ނުވާ ފަރާތްތަކުން، ކުލީބިންތަކަށް ދައްކަން ޖެހޭ ޖޫރިމާނާ ފައިސާ ދެއްކުމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ، މި މައްސަލައަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން 2020 ވަނައަހަރު މާރިޗް މަހުން ފެށިގެން 2020 ވަނައަހަރުގެ ޖޫން މަހުގެ ނިޔަލަށް އައްޑޫސިޓީގެ ކުލީ ބިންތަކަށް ދައްކަން ޖެހޭ ޖޫރީމާނާ ފައިސާ މަޢާފް ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީގެ ކުލީ ބިންތަކުން ނަގަމުންއަންނަ ކުލީގެ ފައިސާއާއި ގުޅިގެން ނެގޭ ޖޫރިމާނާ ފައިސާ ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން މަޢާފް ކުރުމާ ގުޅޭ