އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަދި ހުޅުދޫ އަވަށުގެ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތް ހިންގުމަށް އައްޑޫ ޓްރަސްޓް ފަންޑުގެ ތެރެއިން ފައިސާ ދޫކުރުމާ ގުޅޭ

10 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީގެ މަރަދޫ އަދި ހުޅުދޫ އަވަށުގައި ޤާއިމު ކުރެވޭ ގޭދޮށު މަސްފެކްޓަރީގެ މަސައްކަތް ހިންގުމަށް ބޭނުންވާ ފައިސާ އައްޑޫ ޓްރަސްޓް ފަންޑުގެ ތެރެއިން ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، އައްޑޫ ސިޓީގެ މަރަދޫ އަވަށު ނެއިބާރ ހުޑް ފިޝްޕްލާންޓްގެ މަޝްރޫޢުގެ މަސައްކަތް ހިންގުމަށް މިއިދާރާގެ ނަންބަރު: (AGR)426-AA/426/2020/42 އެއްބަސްވުމުން" ޓްރައިޑެންޓް ޕްރައިވެޓް ލިމިޓެޑާއި" ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކުރަންޖެހޭ ފައިސާއާއި، މިއިދާރާގެ ނަންބަރު: (AGR)426-AA/426/2020/43 އެއްބަސްވުމުން "މެކޯ ޕްރައިވެޓް ލިމިޓެޑާއި " ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދޫކުރަންޖެހޭ ފައިސާ، އައްޑޫ ޓްރަސްޓްފަންޑް މެދުވެރިކޮށް ދޫކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 02   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/146

ތާރީޚް: 10 ޑިސެމްބަރ 2020