އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ދިމާލުން އައްޑޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރުތަކުރުފާނު މަގުގައި ހަރުކުރެވިފައި ހުރި ސްޕީޑް ސައިންގ ބޯޑާ ގުޅޭ

10 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ދިމާލުން އައްޑޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރުތަކުރުފާނު މަގުގައި ހަރުކުރެވިފައި ހުރި 60KM ގެ ސްޕީޑް ސައިންގ ބޯޑު އެ މަގު ކަނބިހާ މަގާއި ގުޅުނު ހިސާބަށް ބަދަލު ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު        

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު، ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ދިމާލުން އައްޑޫ ޝަމްސުއްދީނު ބޮޑުފަނޑިޔާރުތަކުރުފާނު މަގުގައި ހަރުކުރެވިފައި ހުރި 60KM ގެ ސްޕީޑް ސައިންގ ބޯޑު އެސަރަހައްދުން ނެގުމަށްފަހު،  ލިންކް ރޯޑުގެ ކަނބިހާ މަގާއި ގުޅުނު ހިސާބަށް ބަދަލު ކުރުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދައި ރައްޔިތުން ދެކޭ ގޮތް ބެލުމަށްފަހު މައްސަލައަށް ގޮތެއް ނިންމުމަށްޓަކައި ފެށޭ ހަފްތާގެ ކައުންސިލްގެ ބައްދަލުވުމަށް ހުށަހެޅުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް   

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް    

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/149

ތާރީޚް: 10 ޑިސެމްބަރ 2020