|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަމްބަރު : 1-CBOC(PAR)/138/2018/207 ސިޓީއިން އައްޑޫސިޓީ ކައުންސިލްގެ މެންޑޭޓަށް ގެނަސްފައިވާ ބަދަލުތަކާއި ގުޅިގެން މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި އެއްގަމު އުޅަނދު ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތް ކުރާނެ ގޮތެއް ނިންމުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ސެކްޝަން |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަމްބަރު : 1-CBOC(PAR)/138/2018/207 ސިޓީއިން އައްޑޫސިޓީ ކައުންސިލްގެ މެންޑޭޓަށް ބަދަލު ގެނަސްފައިވާތީ، މި ބަދަލާއި ގުޅިގެން ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ މުނިސިޕަލް ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ބޭނުން ކުރުމަށް މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި އެއްގަމު އުޅަނދު (މައްސަލައާއި އެކު ހުށަހަޅާފައިވާ ލިސްޓްގައި ފާހަގަކޮށްފައިހުރި އުޅަނދު) ތަކުގެ ރަޖިސްޓްރީ މި އިދާރާގެ ނަމަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، ވެހިކަލްތަކުގެ އޯނަރޝިޕް ކައުންސިލްގެ ނަމަށް ބަދަލުވުމުން ވެހިކަލްތައް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރިއަށްގެންދިއުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޙުސައިން ޙިޔާޟް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

