މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ސ.ހިތަދޫ ޝަޒާ އަދި ސ.ހިތަދޫ ސެވެންސްޓަރ ގޯއްޗާއި ދެމެދުގައިވާ އެއްވެސް ފަރާތެއްގެ ރަޖިސްޓަރީގައި ނެތް ގޯޅިގަނޑު، މީހުން ހިނގާ ބިގާވެ އުޅޭ ރަސްމީ މަގެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، އެ ގޯޅިގަނޑަށް ނަމެއް ދިނުމާއި އަދި މިގޯޅިން އިރަށް ގޮސް ހިރާ ސުކޫލްގެ ފުރަގަހުން ދެކުނަށް ގޮސް ޗާޓުގައި އަމީނީ މަގާއި ވީ ފަޅިން ދިގުމަގެއް ހަމަޖައްސައި އެމަގަށް ނަމެއް ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ބަޔާން ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހިރާ ސްކޫލް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން، އެސަރަހައްދަށް އިތުރަށް މަގުތައް ބޭނުންވާތީ، ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުންނާއި، ސ.ހިތަދޫ ސެވެންސްޓަރ އާއި ސ.ހިތަދޫ ޝަޒާ ނަމަކަށްކިޔާ ގޯތީގެ ދެމެދުގައިވާ ގޯޅިގަނޑު އެއްވެސް ފަރާތަކަށް ދީފިނަމަ، މުސްތަޤްބަލުގައި ރަށުގެ ތަރައްޤީއަށް ބުރޫ އަރާފާނެ ކަމެއްކަމަށް ފާހަގަވާތީ އާއި، މުސްތަޤްބަލުގައި އެދެގޯތިން ކުރެ ގޯއްޗެއް ބަހަން ޖެހިއްޖެނަމަ އެދެގޯތި ބަހައިގެން ލިބޭ ފަރާތްތަކަށް ވެސް، ވަދެ ނިކުމެ އުޅެވޭ މަގެއްގެ ގޮތުގައި މިދެންނެވުނު ގޯޅިގަނޑު ބޭނުންކުރެވިދާނެތީއާއި، އެ ގޯޅިގަނޑަކީ އެދެގެއިން ކުރެ ގެއެއްގެ ރަޖިސްޓަރީގައި ނުވާ ތަނެއް ކަމުގައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ގ) އާއި (ޏ) އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ސ.ހިތަދޫ ޝަޒާ ނަމަކަށްކިޔާ ގޯއްޗާއި އެގެއާއި އިންވެގެން އޮތް ސ.ހިތަދޫ ސެވެންސްޓަރ ނަމަކަށްކިޔާ ގޯއްޗާއި ދެމެދުގައިވާ ދައުލަތުގެ ބިމުގެ ގޮތުގައި ހިމެނޭ ގޯޅިގަނޑަކީ، މީހުން ހިނގާ ބިގާވެ އުޅޭ (ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވޭ) މަގެއްގެ ގޮތުގައި ހަމަޖައްސައި، އެމަގަށް "އަމާން ގޯޅި" މި ނަން ދިނުމަށް ކައުންސިލުން ކަނޑައަޅައި، އަދި މިގޯޅިން އިރަށް ގޮސް ހިރާ ސުކޫލްގެ ފުރަގަހުން ދެކުނަށް ގޮސް ޗާޓުގައި އަމީނީ މަގާއި ވީ ދިގުމަގަށް "ހިރާ މަގަ" މި ނަން ދީ މި މަގަކީވެސް ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވޭ މަގެއްގެ ގޮތުގައި ހަމަޖައްސައި، މިގޮތުގެމަތިން ކަނޑައެޅުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫ ސިޓީ ހިތަދޫގައި މީހުން ހިނގާ ބިނގާވެ އުޅުމަށް ދެ ރަސްމީ މަގެއް ހަމަޖައްސައި، އެ މަގުތަކަށް ނަން ދިނުމާމެދު ކައުންސިލުން ގޮތެއް ނިންމުން