އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކުލީ ބިންތަކުގެ މަސައްކަތް މޮނިޓަރ ކުރުމާއި، ޖޫރިމަނާގެ ފައިސާ މަޢާފްކޮށްދިނުމާ ގުޅޭ

30 ޑިސެމްބަރ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫގައި އެކި އެކި މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ކުލީ ބިންތަކުގެ މަސައްކަތް ގަވާއިދުން މޮނިޓަރކޮށް ބެލުމާއި،  އެއްބަސްވުމުގައި ބަޔާން ކުރާ ގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމާއި، ކުލި ނުދައްކައި ހުރި ފަރާތްތަކުގެ ކުލި އެއްފަހަރާ ދައްކަން ބޭނުންވާ ފަރާތްތަކުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ މައާފް ކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޖޫރިމާނާ ފައިސާ މައާފް ކޮށްދިނުމާއި، ކުލި ބަލައިގަތުމާއި،ކުއްޔާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ ގޮތެއް ހެދުން.

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ ، މުޙައްމަދު ޔަސްރިފް        

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކުލީ ބިންތަކަށް ކުލި ދައްކަން ޖެހޭ މުއްދަތުގައި އެކި ސަބަބުތަކާހުރެ ކުލި ނުދެއްކި ހުރި ފަރާތްތަކަށް ކުލި ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކައުންސިލާއި އެފަރާތްތަކާއި އެކު އެއްބަސްވުން އެކުލަވާލުމަށް 31 ޖަނަވަރީ 2021 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލައި އާއްމުކޮށް އިއުލާންކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ޖަމްޝީދާ މުހައްމަދު       

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާހީމް ޝުކުރީ     

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/166

ތާރީޚް: 30 ޑިސެމްބަރ 2020