އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފިޝަރީޒް ރޭންޖަރސް ޚިދުމަތް އައްޑޫގައި ޤާއިމު ކުރުމާއި ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ގައި ސޮއި ކުރުމާ ގުޅޭ

12 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފިޝަރީޒް ރޭންޖަރސް ޚިދުމަތް އައްޑޫގައި ޤާއިމު ކުރުމާއި ގުޅޭ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ގައި ސޮއި ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ޑްރާފްޓް ކުރެވިފައިވާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ގައި ލިޔެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން " ފިޝަރީޒް ރޭންޖަރސް ޚިދުމަތް އައްޑޫސިޓީގައި ޤާއިމު ވުމަކީ މި ކައުންސިލަށް މުހިއްމު ކަމެއްކަމަށް ފެންނާތީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި މި ކައުންސިލާއި ދެމެދު " ފިޝަރީޒް ރޭންޖަރސް ޚިދުމަތް ޤާއިމު ކުރުމާއި ގުޅޭ  މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން ގައި ސޮއި ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/02

ތާރީޚް: 12 ޖެނުއަރީ 2021