އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހިންގުމަށް ހަމަޖެހިފައިވާ ޓްރައޭޖް ޕްރޮގްރާމުގައި މަސައްކަތްކުރާ ވޮލަންޓިއަރުންނަށް އެލަވަންސެއް ހަމަޖެއްސުން

19 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހިންގުމަށް ހަމަޖެހިފައިވާ ޓްރައޭޖް ޕްރޮގްރާމުގައި މަސައްކަތްކުރާ ވޮލަންޓިއަރުންނަށް އެލަވަންސެއް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞާދިޤް  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކޮވިޑް 19 ދެކުނުގެ އަތޮޅުތަކަށް ފެތުރުމުގެ ބިރުވެރިކަން އޮތުމާއެކު މިބަލިން ރައްކާތެރިވެ ތިބުމަށް އައްޑޫސިޓީގައި އެޅޭ ފިޔަވަޅުތަކުގެ ތެރެއިން ހޮސްޕިޓަލުގެ އެންޓްރެންސް އޭރިއާގައި ޓްރައޭޖް ޕްރޮގްރާމެއް ފެއްޓުމަށް ހަމަޖެހިފައިވާތީ، ދެމެހެއްޓެނިވި ގޮތެއްގައި ވޮލަންޓިއަރުންގެ ޚިދުމަތް ލިބިގެންދާނީ އެލަވަންސެއް ހަމަޖެއްސުމުންކަމަށް ފެންނާތީ، ޓްރައޭޖް ޕްރޮގްރާމުގެ 03 ޝިފްޓުގައި ކޮންމެ ޝިފްޓަކަށް 08 ވޮލަންޓިއަރުން މަސައްކަތްކުރާގޮތަށް ހަމަޖެއްސުމަށާއި، ވޮލަންޓިއަރުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ވޮލަންޓިއަރަކަށް 100.00 ރުފިޔާގެ ރޭޓުން އެލަވަންސް ދިނުމަށް ފެންނަކަމަށާއި، ޓްރައޭޖް ޕްރޮގްރާމް ހިންގުމަށް މިވަގުތު ޕްލޭންކުރެވިފައިވަނީ 02 މަހަށް ކަމަށްވާތީ، އިސްވެ ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ޓްރައިއޭޖް ޕްރޮގްރާމްގައި ވޮލަންޓިއަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދުވާލަކު 100.00ރުފިޔާގެ ރޭޓުން މަހަކު24,000ރުފިޔާ، އެކު ޖުމްލަ 48,000ރުފިޔާ (ސާޅީސްއަށްހާސް ރުފިޔާ)  ކައުންސިލްގެ ބަޖެޓުން ޚަރަދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް  

ހުށަހެޅުން ހުށަހެޅި:  މޭޔަރ، ޢަބްދުﷲ ޞާދިޤް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް
ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 26-B(3)/2021/09

ތާރީޚް: 19 ޖެނުއަރީ 2021