އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާގެ އޮފީހުގެ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތު ފާރުގައިވާ ކެނޑުންތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތާ ގުޅޭ

19 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ކައުންސިލް އިދާރާގެ އޮފީހުގެ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތު ފާރުގައިވާ ކެނޑުންތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް، ބިޑް ކޮމެޓީއިން ނިންމި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ކައުންސިލް އިދާރާގެ އޮފީސް އިމާރާތުގެ ހުޅަނގު ފަރާތު ފާރުގައިވާ ކެނޑުންތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ބިޑްކޮމިޓީގެ މަސައްކަތު މަރުޙަލާގައި ނިމިފައިވާ ގޮތަށް "ޕްލެޓީނިއަމް ކޮންޓްރެކްޓިން ޕްރައިވެޓް ލިމިޓެޑް " އާއި މި މަސައްކަތް ހަވާލުކޮށްގެން ޤަވާޢިދާއި އެއްގޮތަށް މަސައްކަތް ކުރިއަށްގެންދެވޭނެ އިންތިޒާމް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް    

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B(3)/2021/10

ތާރީޚް: 19 ޖެނުއަރީ 2021