އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ސީނިއަރ މެކޭނިކް އަދި ވެލްޑަރުގެ ވަޒީފާގެ މަސްއޫލީއްޔަތު އަދި ޝަރުތު ފާސްކުރުން

19 ޖެނުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫ ސިޓީގެ މުނިސިޕަލް މަސައްކަތްތަކަށް ބޭނުންކުރަމުންދާ ވެހިކަލްތަކާއި މެޝިނަރީސްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް 02 ސީނިއަރ މެކޭނިކް އަދި 01 ވެލްޑަރުގެ މަޤާމަށް މުވައްޒަފުން ނެގުމަށް ވަޒީފާގެ މަސްއޫލީއްޔަތު އަދި ޝަރުތު ފާސްކޮށްދެއްވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޔަސްރިފް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މުނިސިޕަލް ހިދުމަތްތައް ދިނުމަށް ބޭނުންކުރަމުންދާ ވެހިކަލްތަކަކީ ވަރަށް ގިނައިން މަރާމާތުކުރަން ޖެހޭ ވެހިކަލްތަކަކަށްވަތީ، މިވެހިކަލްތައް ގަރާޖްތަކަށް ފޮނުވައިގެން މަރާމާތުކުރުމުން ވަރަށްގިނަ ފައިސާ ޚަރަދުވާކަމަށާއި، މިފަދަ ވެހިކަލްތައް މަރާމާތުކުރުމަށް ހިނގާ ޚަރަދު ކުޑަކުރުމަށް، 2021 ވަނައަހަރުގެ ބަޖެޓްގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މަޤާމްތަކަށް މުވައްޒަފުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން މަޤާމުގެ މަސްއޫލިއްޔަތާއި ޝަރުތު ކަނޑައެޅުމަށް  ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ( މެކޭނިކް)

  • މުނިސިޕަލް މަސައްކަތްތަކުގައި ބޭނުންކުރަމުންދާ އެކްސްކެވޭޓަރ، ލޯޑަރ ކޮމްޕެކްޓަރ އަދި މިނޫނަސް އެފަދަ މަސައްކަތްތަކުގައި ބޭނުންކުރަމުންދާ ހެވީ ޑިއުޓީ ވެހިކަލްތަކާއި އިކްވިޕްމަންޓްތައް ރިޕެއަރ ކުރުމާއި ސަރވިސް ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް  ކުރުން
  • ހެވީ ވެހިކަލްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް މެޝިނަރީސް އޯވަރހޯލް ކުރުމާއި މެޝިނަރީސްތަކުގެ ރިޕެއަރިންގ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ޓެސްޓްތައް ކުރުމާއި ވެހިކަލްތަކުގެ މައްސަލަތައް ހައްލުކުރުމަށް ރޫޅުމާއި ރީ އެސެމްބަލް ކުރުމާއި، ޑައިގްނޯސްކުރުމާއި އެކަށީގެންވާ ގޮތެއްގައި ވެހިކަލްތަކާއި މެއިންޓެއިން ކުރަންޖެހޭ އެބާވަތުގެ ސިސްޓަމްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ވެހިކަލްތަކާއި އިކުވިޕްމަންޓްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގުޅުން ހުރި ސްޕެއަރ ހޯދުމަށް އެހީތެރިވުމާއި ހައިޑްރާލިކް ކޮމްޕޯނެންޓްސް ރިޕެއަރކޮށް މެއިންޓެއިން ކުރުން.

 

  • ކައުންސިލުން ބަލަހައްޓަމުންދާ މަސައްކަތުގެ ތެރެއިން މެކޭނިކަލް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފެސިލިޓީސް ތަކުގެ ސިސްޓަމްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމާއި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވޯކްޝޮޕްއިން ކުރަމުންދާ  މަސައްކަތްތައް ކުރުން

 

  • ހަވާލުކުރެވޭ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި ބައިވެރިވުމާއި މެޝިނަރީއާއި ގުޅުންހުރި އެންމެހައި ތަކެތި ރަނގަޅު ކަންޑިޝަންގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، ތަކެތި ބެލެހެއްޓުން

 

  • މުނިސިޕަލް ސަރވިސް ޑިވިޝަން ގައި ބޭނުންކުރަމުންދާ ވެހިކަލްތަކާއި މެޝިނަރީސްތަކާއި އަދި  ގުޅޭ މަސައްކަތްތައް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މަސައްކަތްކުރުން.

ޝަރުތު:

  • ހެވީ ވެހިކަލް އަދި އިކްވިމްމަންޓާއި މެޝިނަރީސް ރިޕެއަރ އެންޑް މެއިންޓަނަންސް ކުރުމުގެ އަމަލީ މަސައްކަތުގައި އުޅެ 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން

 

އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ( ވެލްޑަރ)

  • މެކޭނިކަލް މަސައްކަތް ކުރަން އެނގުމާއި މެޝިނަރީއާއި ވެހިކިއުލަރ އިކުވިޕްމެންޓްތަކަށް ދިމާވާ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ވެލްޑިންގ ގެ މަސައްކަތް ކުރުން 
  • މެޝިނަރީސް އިކްވިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ، ތަކެތި ބެލެހެއްޓުން.
  • ވެހިކަލްތަކާއި މެޝިނަރީސް ތައް ރިޕެއަރ ކުރުމަށް ބޭނުންވާ ވެލްޑިންގ މަސައްކަތް ކުރުން

ޝަރުތު:

  • ވެހިކަލް އަދި އިކުވިޕްމަންޓާއި މެޝިނަރީސް ރިޕެއަރ ކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތް  ކުރުމުގެ 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޙުސައިން ޙިޔާޟް   

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/16

ތާރީޚް: 19 ޖެނުއަރީ 2021