އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ "ލައިނޫފަރުމާގެ" ވާރިސުންގެ ފަރާތުން އެގެއަށް ވަންނަން އޮންނަ ގޯޅީގައި ދޮރެއް ހަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ މައްސަލަ

2 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހުޅުދޫ "ލައިނޫފަރުމާގެ" ވާރިސުންގެ ފަރާތުން އެގެއަށް ވަންނަން އޮންނަ ގޯޅީގައި ދޮރެއް ހަރުކުރުމުގެ ހުއްދައަކަށް އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުޅުދޫ އަވަށު އޮފީހުން ފާހަގަކުރައްވާފައިވާގޮތަށް މި ގޯޅި އަކީ ބަނޑާރަ ގޯޅިއެއްގެ ގޮތުގައި ބޭއްވުމަށާއި މި ގޯޅިއަށް "ކީރަށްވަލި ގޯޅި" ގެ ނަމުން ނަންދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B(3)/2021/17

ތާރީޚް: 2 ފެބުރުއަރީ 2021