އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ހެޕީޑްރީމް، ޢަބްދުﷲ ސަޢީދުއަށް ގޮވާން ކުރުމަށް ބިމެއް ދޫކުރުމާއި ގުޅޭ

2 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ޑްރަގް ރިހަބިލިޓޭޝަން ސެންޓަރުގެ ބިމުން ބައެއް، ކުރިން ދަނޑުވެރިކަމަށް ބޭނުންކޮށްފައިވާތީ ހުޅުދޫ ހެޕީޑްރީމް، ޢަބްދުﷲ ސަޢީދުއަށް އެބިމުގެ ބަދަލުގައި ގޮވާން ކުރުމަށް ބިމެއް ދޫކުރުމާއި ގުޅޭ

މައްސަލަ ހުށަހެޅި ފަރާތް: ހުޅުދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ހުޅުދޫ ހެޕީޑްރީމް، ޢަބްދުﷲ ސަޢީދުއަށް ދަނޑުގޮވާން ކުރުމަށް ދޫކުރެވިފައިވާ 40,000 އަކަފޫޓުގެ ބިމުގެ ބޮޑު ބައެއް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރެހެބިލިޓޭޝަން ސެންޓަރ ޤާއިމުކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީ އަށް ދޫކުރެވިފައިވާތީ  މި ބިމުން 5000 އަކަފޫޓު ބާކީ ވާނަމަ، އެފަރާތަށް މި ބިމުގެ ބާކީ 5000 އަކަފޫޓު ދޫކުރުމަށާއި މި ބިމުގެ ބާކީ 5000 އަކަފޫޓަށް ވުރެ ކުޑަނަމަ އެހެން ސަރަހައްދަކުން 5000 އަކަފޫޓުގެ ބިމެއް އެފަރާތަށް ދޫކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B(3)/2021/18

ތާރީޚް: 2 ފެބުރުއަރީ 2021