އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫގައި މަގުމަތީ ބާޒާރެއް ބޭއްވުމަށް އެދި މިސްޓީކް އިވެންޓްސް އިން ހުށަހަޅާފައިވާ މައްސަލަ

2 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ހިތަދޫގައި މަގުމަތީ ބާޒާރެއް ބޭއްވުމަށް އެދި މިސްޓީކް އިވެންޓްސް އިން ހުށަހަޅާފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: އެޑްމިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، މިސްޓީކް އިވެންޓް އިން ބާއްވާ ފެސްޓިވަލް އިވެންޓް، އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް ބޭއްވުމަށް ހުއްދަ ދެއްވުމަށާއި އަދި އިވެންޓް ބާއްވާނެ ސަރަހައްދު ކަނޑައެޅުމުގައި ހިތަދޫ އަވަށު އޮފީހާއި އެކު މަޝްވަރާ ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/19

ތާރީޚް: 2 ފެބުރުއަރީ 2021