އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެމްޑީޕީއަށް ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ޢިމާރާތާއި އެތަނުގައި ކޮށްފައިވާ މަސައްކަތަށް އަގު ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓް

2 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) އަށް ފޭދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ޢިމާރާތާއި އެތަނުގައި ކޮށްފައިވާ މަސައްކަތް އަގުކޮށް އަގު ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓް ކައުންސިލަށް ހުށަހެޅުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫ ސިޓީ ފޭދޫ އަވަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ދޫކުރުމަށް ހަމަޖެހިފައިވާ ކޮށްފައިވާ މަސައްކަތުގެ ބަދަލު ޤަވާއިދާ އެއްގޮތަށް މިއިދާރާއަށް ލިބެންޖެހޭނެ ކަމަށް ފެންނާތީ، މިބިމުގައި ކޮށްފައިވާ މަސައްކަތް އަގުކުރުމަށްޓަކައި އެކުލަވާލެވުނު އަގު ކޮމިޓީގެ މަސައްކަތު މަރުހަލާ ނިންމާ ތައްޔާރުކުރެވިފައިވާ ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، މި ބިމުގައި ހުރި އިމާރާތާއި އެތަނުގައި ކޮށްފައިވާ މަސައްކަތްތަކުގެ ބަދަލުގެ ގޮތުގައި 46,691.55/- ރުފިޔާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ކައުންސިލަށް ދަށްކަންޖެހޭ ކަމަށް ކަނޑައެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/20

ތާރީޚް: 2 ފެބުރުއަރީ 2021