އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ އަށް "ރަމްސަރ ވޯލްޑް ވެޓްލޭންޑް" ގެ އެކްރެޑިޓޭޝަން ހޯދުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމެވުމަށް

2 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ އަށް "ރަމްސަރ ވޯލްޑް ވެޓްލޭންޑް" ގެ އެކްރެޑިޓޭޝަން ހޯދުމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމެވުމަށް.

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު،  އައްޑޫ މީހުން ދިރިއުޅޭ އަވަށްތަކުގައި ހުރި ހުރިހާ ކުޅި ފާ އަދި ޗަސްބިމުގެ ސަރަހައްދުތަކަކީ ތިމާވެށި ޤާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް ވާތީ އާއި ރިސޯޓް ހިންގާ ރަށްތަކުގައި ހުރި ކުޅިތަކަކީ ވެސް ބެލެހެއްޓުމެއްގެ ނިޒާމެއްގެ ދަށުން ރައްކާތެރިކުރެވިފައިވާ ސަރަހައްދުތަކަށް ވާތީ، އައްޑޫ ސިޓީ އަކީ ބައިނަލްއަގްވާމީ ކުޅި ފާ އަދި ޗަސްބިން ހިމާޔަތް ކުރާ މުއާހަދާގެ " ރަމްސަރ ވޯލްޑް ވެޓްލޭންޑް އެކްރެޑިޓެޑް ސިޓީ" އެއްގެ ލަގަބު ހޯދުމަށްޓަކައި ކައުންސިލުން ޤަރާރެއް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ހިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/22

ތާރީޚް: 2 ފެބުރުއަރީ 2021