މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހުޅުދޫ މީދޫ އިންޖީނުގޭ އަޅާ ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: " މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީ ހުޅުދޫ މީދޫ އައު އިންޖީނުގެ އެޅުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ފެނަކަ ކޯރޕަރޭޝަން އިން އެދި ފައިވާތީ، އަދި އައްޑޫސިޓީ ހުޅުދޫ މީދޫ ގައި ރަނގަޅު ފެންވަރުގެ އިންޖީނުގެ އެއް ޤާއިމު ވެފައި ހުރުމަކީ އަވަށުގައި ދިރިއުޅޭ ރައްޔިިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ގިނަގުނަ ލުއިފަސޭހަ ލިބިގެން ދާނެ ކަމެއްކަމަށް ފެންނާތީ، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އައްޑޫސިޓީ ހުޅުދޫ މީދޫ އައު އިންޖީނުގެ އެޅުމަށް (މި ނިންމުމާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓުގައި ފާހަގަ ކޮށްފައިވާ ބިމުން) މީދޫ އަވަށުން 60000އަކަފޫޓު (ފަސްދޮޅަސްހާސް އަކަފޫޓް) ގެ ބިމެއް ޤަވާޢިދާއި އެއްގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޙުސައިން ޙިޔާޟް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ ހުޅުދޫ މީދޫ އިންޖީނުގޭ އަޅާ ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން