އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ބިން ކަނޑައެޅުން

18 ފެބުރުއަރީ 2021     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

" މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، ރާއްޖޭގެ 14 ސަރަހައްދެއްގައި 15 މަލްޓި-ޕާޕަސް އެންޓަރޓެރއިންމަންޓް ސެންޓަރ ތަރައްޤީ ކުރުމަށް ހިންގޭ މަޝްރޫޢުގެ ތެރޭގައި އައްޑޫ ސިޓީ ހުޅުދޫ މީދޫ ހިމެނިފައިވާތީއާއި، އައްޑޫސިޓީ ހުޅުދޫ މީދޫގައި ދިރިއުޅޭ ރައްޔިތުންނަށް މުނިފޫހި ފިލުވުމުގެ ދާއިރާގައި އަވަށުގައި ލިބެން ހުންނަ ޚިދުމަތްތަކާއި ވަޞީލަތްތައް މަދުކަން ފާހަގަ ކުރެވޭތީއާއި، ޒަމާނުއްސުރެ ރައްޔިތުންގެ މަދުގައި އޮންނަ އެކުވެރި އެއްބައިވަންތަކަމަށް ހީނަރުކަން ލިބިދާނެ ކަމަށް ފެންނާތީ، އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެކި ކަންކަމަށް ޝައުޤު ހުންނަ ތަފާތު ޢުމުރު ފުރައިގެ މީހުން އެއް މާހައުލަކުން ބައްދަލުވެ ފައިދާ ކުރަނިވި ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ  މާޙައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އައްޑޫސިޓީ ހުޅުދޫ މީދޫ އެންޓަރޓެއިންމަންޓް ސެންޓަރ އެޅުމަށް ހުޅުދޫ ޔޫތް ސެންޓަރު ގޯތި ތެރޭ ފުޓްސަލް ދަނޑާއި ޔޫތް ސެންޓަރާއި ދެމެދުން  އޮތް ބިމުން 10000އަކަފޫޓު (ދިހަހާސް އަކަފޫޓު) ގެ ބިމެއް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ، ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2021/24

ތާރީޚް: 18 ފެބުރުއަރީ 2021